Civil Service Commission

Republic of Maldives
  • Home
  • News
  • Programs
  • Profile
  • Downloads
  • Apply Now

PROGRAMMES

Find

Select the dropdown below to browse programmes by category.

Browse by Department

Important Links

News

Latest news Updates

އެޓޯލް ޓްރެއިނަރސް/ކޯޑިނޭޓަރސް ގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކަށް ހިންގާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" މިއަދު އިފްތިތާހްކޮށްދެއްވައިފި

އަތޮޅުތައް ތަމްޞީލުކުރައްވާ، ސީ.އެސް.ޓީ.އައި ގެ "އެޓޯލް ޓްރެއިނަރުން" ގެ ގޮތުގައި މަސައްކަތްކުރައްވާނެ ފަރާތްތަކަށް އަމާޒުކޮށް "ހިންގާ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" މިއަދު ކޮމިޝަނުގެ ރައީސް އިފްތިތާހްކޮށްދެއްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަތޮޅު ތެރޭގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، އެ ތަމްރީނުތަކަށް ބިނާކޮށް އަހަރުގެ ޓްރެއިނިންގ ޕްލޭން އެކުލަވާލައި އަދި ޓްރެއިނިންގ ޕޮލިސީ ތަންފީޒުކުރުމުގައި ސީ.އެސް.ޓީ.އައި އާއި ގުޅިގެން އެންމެ އިސް ރޯލެއް އަދާ ކުރާނެ ޓްރެއިނަރުން ބިނާކުރުމެވެ. އެގޮތުން އެ އަތޮޅެއްގައި ޓްރެއިނިންގ އާ ގުޅޭ އެންމެހާ އިންތިޒާމްތައް ކުރިއަށް ގެންދާނީ މި ބޭފުޅުން ކަމުގައި ކަނޑައަޅައި، އެ ފަރާތްތަކުގެ ވަޒީފާގެ ބަޔާނުގެ މަސްޢޫލިއްޔަތުގެ ތެރޭގައި މި މަސައްކަތް ވަނީ ހިމަނާފައެވެ.

 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ސިވިލް ސަރވިސް ގަވާއިދު، ޕަރފޯމަންސް އެޕްރައިޒަލް، އިންޑަކްޝަން ޕްރޮގްރާމް، އަދި ސީ.އެސް. ވިއުގަ 2.0 އާ ގުޅޭ ސެޝަންތަކުގެ އިތުރުން އެކިއެކި އުޞޫލުތަކާއި އިންޓަރނަލް އޮޑިޓިންގ އާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މިއަހަރުގެ މި ޕްރޮގްރާމްގައި އެކި އަތޮޅުތަކުން 20 ފަރާތެއް ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ، ޓްރެއިނަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށް މައުލޫމާތު ތާޒާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބައިވެރިން މާލެ ގެނެސް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

 މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރުން ވަނީ ބައިވެރިންނާ މުޙާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މެންބަރުންގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ކައުންސިލުން ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ޤާބިލް މުވައްޒަފުން ބިނާކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އަދި ރަނގަޅު ޓްރެއިނިންގ އަދި އެޗް.އާރް ޕްލޭން އެކުލަވާލައި ތަފާތު ދާއިރާތަކަށް ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގައި، އެޓޯލް ޓްރެއިނަރުން އިސްނަގައިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައިވެއެވެ.

© Copyright CSTI 2015. All Rights Reserved
Designed & Developed by A.S.E.T