Select the dropdown below to browse programmes by category.
ނިއު ނޯމަލްގެ ހާލަތުގައި ސިވިލް ސަރވިސް ގެ އިދާރާތައް ހުޅުވި މަސައްކަތައް ނުކުތުމަށް މުވައްޒަފުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ސިވިލް ސަރިވިސްގެ އިދާރާތަކުގައި، މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް 19 އިގެ މި ހާލަތުގައި މަަސައްކަތުގައި ބައިވެރިވުން އިތުރުކޮށް ނަތީޖާ ނެރެވޭނެ މާހައުލެއް ގާއިމްކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސެޝަން އެއް މިއަދު ބާއްވައިފިއެވެ.
ސްޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން "ކީޕިންގ ޔުއަރ އެމްޕްލޯޔީސް އެންގޭޖްޑް އެމިޑްސްޓް އަ ޕެންޑެމިކް" ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތުދެއްވީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީގެ ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސެސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސްގެ ވައިސް ޕްރެޒިޑެންޓް އަހުމަދު އިބްރާހީމާއި ސިވިލް ސަރިވސް ކޮމިޝަނުގެ ކުރީގެ ނައިބް ރައީސް އަދި އެޗްއާރު، ސްޓްރެޓީޖިކް ޕްލޭނިންގ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ބޭފެޅުއްކަމުގައިވާ އަހުމަދު ހަސަން ދީދީ އެވެ. އަދި މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައިވަނީ މި އިންސްޓިޓިއުޓްގެ އެކްސްޓަރނަލް ޓްރެއިނަރ އަހުމަދު ނާސިފްއެވެ.
މި ސެޝަންގައި ކޮވިޑް 19 ގެ މިހާލަތުގައި މަސައްކަތުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް އައު ސްޓްރެޓިޖީސް ތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކަށް، ކުރެވިފައިވާ ތަޖްރިބާތަކުގެ މައްޗަށް ބިނާކޮށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ތަފްސީލް ގޮތެއްގައި ވަނީ ފޯރުކޮށްދެވިފައެވެ.
ގޫގުލް މީޓް މެދުވެރިކޮށް ބޭއްވުނު މި ސެޝަންގައި 150 އަށްވުރެ ގިނަ ފަރާތް ބައިވެރިވިއެވެ.
ސިވިލް ސަރވިސްގެ އިދާރާތަކުން ނިއު ނޯމަލް ގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި މުވައްޒަފުންނަށް ބޭނުންވާ ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމުގެ މަސައްކަތް އިންސްޓިިއުޓުން އަންނަނީ ކުރަމުންނެވެ.