Select the dropdown below to browse programmes by category.
ނިއު ނޯމަލްގެ ހާލަތުގައި ސިވިލް ސަރވިސް ގެ އިދާރާތައް ހުޅުވި މަސައްކަތައް ނުކުތުމަށް މުވައްޒަފުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ސިވިލް ސަރިވިސްގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް އޮފީސް މާހައުލުގައި ސަމާލުކަންދީ ވިސްނަންޖެހޭ މުހިއްމު ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސެޝަން އެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަންގައި މައުލޫމާތުދެއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލް، ޑރ. ނަޒްލާ ރަފީގް އާއި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސަބް ސްްޕްޝަލިސްޓް އިން ޕީޑިއެޓްރިްސް އިންފެކްޝަން ޑިސީސަސް، ޑރ. ނަޒްލާ މުސްތަފާގެ އިތުރުން ކޯފައުންޑަރ އެޓް އިންސްޓިޓިއުޓް ފޯރ ވެލްނެސް އެޑިއުކޭޝަންގެ ހައްވާ ލީޝާ އެވެ.
މި ސެޝަންގައި މަސައްކަތު މާހުލުގައި މުވައްޒަފުން އަމަލުކުރަންވީ ގައިޑްލައިންތަކާއި ބެހޭގޮތުން އަދި ސިއްހީ ގޮތުން ދުޅަހެޔޮ މާހައުލެއްގައި މަސައްކަތްކުރުމަށާއި، ދުޅަހެޔޮކޮށް ތިބުމަށް ސަމާލުކަންދޭންވީ ކަންތައްތަކާއި ބެހޭގޮތުން އަދި ނިއު ނޯމަލްގައި މުވައްޒަފުންގެ މައިންޑްސެޓް ބައްޓަންކުރަންވީ ގޮތުގެ މައްޗަށް ބިނާކޮށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ތަފްސީލް ގޮތެއްގައި ވަނީ ފޯރުކޮށްދެވިފައެވެ.
ގޫގުލް މީޓް މެދުވެރިކޮށް އަދި އިންސްޓިޓިއުޓްގެ ފޭސްބުކް އިން ލައިވް ކުރެވުނު މި ސެޝަންގައި 200 އަށްވުރެ ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުން ބައިވެރިވިއެވެ.
ނިއު ނޯމަލް ގައި މަސައްކަތްކުރުމަށް ސިވިލް ސަރވިސްގެ ސަރވިސްގެ މުވައްޒަފުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް އިންސްޓިިއުޓުން އަންނަނީ ތައްޔާރުވަމުންނެވެ.