Select the dropdown below to browse programmes by category.
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ. 7 މާރިޗް 2019 ވީ ބުރާސްފަތި ދުވަހު ސްޓެލްކޯ ގެ އޮޑިޓޯރިއަމުގައި ބޭއްވި މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ޕާރލިމެންޓް މެމްބަރ އަލްފާޟިލާ އީވާ ޢަބްދުﷲ އާއި ސިވިލް އިންޖިނިއަރ ގެ މަޤާމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލާ އާއިޝަތު ބަރިއްޔާ އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އަފާލް އަހްމަދެވެ. މި ސެޝަންގައި ވާހަކަދެކެވިފައިވަނީ ” ބެލެންސް ފޯރ ބެޓާރ: އެމްޕަވަރިންގ ވިމެން އިން ސިވިލް ސަރވިސް” މި މައުޟޫގެ މައްޗަށެވެ.
މިސެޝަނުގެ ޕެނަލިސްޓުންނަށް އޯޑިއަންސުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސުވާލުކުރުމާއި ޖަވާބުދިނުމުގެ ސެޝަނެއް ވެސް ކުރިޔަށް ގެންދިޔައެވެ. އަދި ސެޝަނުގައި މަޢުލޫމާތު ދެއްވި ޕެނަލިސްޓުންނަށް ކޮމިޝަނުގެ ފަރާތުން ހަނދާނީ ލިއުމާއި ހަދިޔާއެއް އެރުވުންވެސް ކުރިޔަށްދިޔައެވެ.