Select the dropdown below to browse programmes by category.
2017 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކަށް އެންމެ ބޭނުންވާ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަމުން އަންނަ "މަންތްލީ ސްޕެޝަލް" ތަމްރީނު ޕްރޮގްރާމްގެ މި އަހަރު ހިންގުމަށް ތާވަލް ކުރެވިފައިވާ, ސެޕްޓެމްބަރު މަހުގެ ޕްރޮގްރާމް 2018 ސެޕްޓެމްބަރު 16 އިން 20 އަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ބާއްވައިފިއެވެ. "ޓޭކިންގ ގްރޭޓަރ ރެސްޕޮންސިބިލިޓީ: ސްޓެޕް-އަޕް ސްކިލްސް ފޮރ ސުޕަރވައިޒަރސް" ގެ ނަމުގައި މި ބޭއްވުނު ތަމްރީނު ޕްރޮގްރާމަކީ މެނޭޖީރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާނެ އެތަކެއް ހުނަރުތަކެއް އެކުލެވިގެން ތައްޔާރުކުރެވިފައިވާ 12 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ޖުމްލަ 27 ފަރާތަކުންވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.