Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކޯޕަރޭޓް އުސޫލުން ފީ ނަގައިގެން ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ހިންގަމުން އަންނަ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ޕްރޮގްރާމް ސްޓޭޓް ޓްރޭޑިންގ އޯގައިނޭޝަން (STO) ގެ މުވައްޒަފުންނަށް 2018 އޮގަސްޓް 11 އަދި 13 ވަނަ ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބާއްވައިފިއެވެ.
STO މުވައްޒަފުންނަށް ހިންގުނު "ޕާތްވޭ ޓު ޕީކް ޕަރފޯމަންސް" ޕްރޮގްރާމަކީ މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތަށް ބަލައި ކުރާ މަސައްކަތުގެ ފެންވަރު މަތިކޮށް، އެންމެ ކުރިއަށް ދެވިދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި ގިނަ އަމަލީ ހަރަކާތްތަކަކާއި އެކު ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި STO ގެ 17 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.