Select the dropdown below to browse programmes by category.
ސިވިލް ސަރވިސްގެ އިސްފަންތީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސިވިލް ސަރިވސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އާއި ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސް (ސީއޭޖީ) ގުޅިގެން 2018 ޖުލައި 15 އިން 19 އަށް ހިންގުނު "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވިސް 2018" ތަމްރީނު ޕްރޮގްރާމްތަކުގެ ނިމުން މިއަދު އިންސްޓިޓިއުޓްގައި ބާއްވައިފިއެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއާ ސިވިލް ސަރވިސް ކޮމިޝަނާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އިންސްޓިޓިއުޓްގައި ހިންގަމުން އަންނަ މި ޕްރޮގްރާމުގެ ދަށުން މި އަހަރު ހިންގުނު 2 ތަމްރީނު ޕްރޮގްރާމް ބިނާކުރެވިފައިވަނީ “ޓްރެއިނިންގ ޕްރޮގްރާމް އޮން އެކްސަލަރޭޓިންގ ޕަރފޯމަންސް މޭނޭޖްމަންޓް ސިސްޓަމް އިން ސިވިލް ސަރވިސް”އާއި "ވޯކްޝޮޕް އޮން އެންހޭންސިންގ ހިއުމަން ކެޕިޓަލް އޮފް ސިވިލް ސަރވިސް" ގެ މައްޗަށެވެ. މި ތަމްރީނު ޕްރޮގްރާމްތަކުގައި ޖުމްލަ 76 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ވަނީ ހާސިލުކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން، ޗައިނާއަށް ޒިޔާރަތްކޮށް ސީއޭޖީ ގައި ތަމްރީނާ ތަޖުރިބާ ޙާޞިލުކުރުމުގެ ފުރުޞަތުތަކެއް ވެސް ޗައިނާއިން ވަނީ ފަހިކޮށްދީފައެވެ.